ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް މާލެ ސަރަހައްދަށް ދޫކުރަން ފެށުން މިރެއަށް ފަސްކޮފި

ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް މާލެ ސަރަހައްދަށް ދޫކުރަން ފެށުން މިރެއަށް ފަސްކޮފި

ގުޅުންހުރި

ރަމަޟާން މަހަށް ގޭބީސީތަކަށް، ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް މާލެ ސަރަހައްދަށް ދޫކުރަން ފެށުން މިރެއަށް ފަސްކޮށްފިއެވެ.

އެސް.ޓީ.އޯ އިން ބުނީ މިރޭ 8.30 އިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް މަސްދަޅު ބެހުން ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

"ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް ކުރިން 20 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ 2:30ގައި ފަށަން ރޭވިފަވާ ހަރަކާތް މިހާރުވަނީ މިރޭގެ 8:30ގައި ފަށަން ބަދަލުކުރެވިފައެވެ." އެސް.ޓީ.އޯ އިން ބުންޏެވެ.

"އަދި ބަހަން ނިންމިފާވާ ސަރަހައްދު ތަކަށްވެސް ވަނީ ބަދަލު ގެނެވިފައެވެ. މި ގެނެވުނު ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށްއެދެމެވެ."

ހަދިޔާ މަސްދަޅު ދޫކުރަނީ ކޮންމެ ގޭބިސީއެއްގެ ކަރަންޓް ބިލް ގެންދިއުމުންނެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

20 ފެބްރުއަރީ 2025- 20:30 އިން 23:00 އަށް

21 ފެބްރުއަރީ 2025- ބަންދު

22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް

23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް

މަސްދަޅުކޭސް ބަހާ ސަރަހައްދުތައް:

• މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް

• ވިލިމާލޭގައި: ވެމްކޯ ސައިޓް

• ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ

• ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ