ގާސިމްގެ ޚަރަދުގައި މާމިގިލީގައި ޕޮލިސް ސްޓޭޝަންއެއް އެޅުމަށް ހުށަހަޅައިފި

ގާސިމްގެ ޚަރަދުގައި މާމިގިލީގައި ޕޮލިސް ސްޓޭޝަންއެއް އެޅުމަށް ހުށަހަޅައިފި

ގުޅުންހުރި

އދ. މާމިގިލީގައި އިމާރާތްކުރުމަށް ރޭވިފައިވާ ފުލުހުންގެ އިމާރާތް، އެ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ވިލާ ފައުންޑޭޝަނުން އިމާރާތްކުރުމަށް ހުށަހަޅުއްވައިފިއެވެ.

މިކަން ހާމަވެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގާސިމް ފޮނުއްވި ސިޓީއަކުންނެވެ. މި ސިޓީގައި ގާސިމް ފާހަގަކުރައްވާފައިވަނީ ވޭތުވެދިޔا ފަސް އަހަރުވެސް ދައުލަތުގެ ބަޖެޓުގައި މާމިގިލީގައި ފުލުހުންގެ އިމާރާތެއް އެޅުމަށް ހިމެނިފައިވާކަމަށެވެ. އަދި މިކަމުގައި ދިމާވެފައިވާ ދަތި ހާލަތު ވަޒަންކުރެވޭތީ، އެމަނިކުފާނުގެ އުފަންރަށް މާމިގިލީގެ ފުލުހުންގެ އިމާރާތުގެ މަސައްކަތް ވިލާ ފައުންޑޭޝަނުގެ ސްޕޮންސަރޝިޕްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.

ގާސިމް ސިޓީގައި އެދިވަޑައިގެންފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ ހުއްދައާއެކު، އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުންތަކާއި ސްޕޮންސަރޝިޕް ގަބޫލުކުރި ކަމުގެ ލިޔުން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށެވެ. މީގެއިތުރުން، މާމިގިއްޔަކީ އާބާދީއާއި ބިމުގެ ގޮތުން ބޮޑު ރަށަކަށްވުމާއެކު، އެއާޕޯޓަކާއި ގިނަ ރިސޯޓުތަކެއް ކައިރީގައި ހުރުމުގެ ސަބަބުން އެކިއެކި ޚިދުމަތްތައް ހޯދުމަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެއްކަންވެސް ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ