ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް އިއުލާނުކޮށްފިއެވެ.
ކޯޓުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 09:30 އިން މެންދުރު 12:30 އަށް އަދި ރޭގަނޑު 09:30 އިން ރޭގަނޑު 11:30 އަށެވެ. ހަފްތާ ބަންދުގައި ހުކުރު ދުވަހު ރޭގަނޑު 09:30 އިން ރޭގަނޑު 11:30 އަށް ކައިވެނިކޮށްދޭނެއެވެ. އަދި ހޮނިހިރު ދުވަހު މެންދުރު 01:00 އިން މެންދުރު 02:00 އަށް އަދި ރޭގަނޑު 09:30 އިން ރޭގަނޑު 11:30 އަށް ކައިވެނިކޮށްދިނުން ކުރިއަށްދާނެއެވެ. މީގެ އިތުރުން، ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ރޭގަނޑު 09:30 އިން ރޭގަނޑު 11:30 އަށް ކުރިއަށްގެންދެވޭނެކަމަށް ފެމިލީ ކޯޓުން މައުލޫމާތު ދީފައިވެއެވެ.