ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު، މާލޭގެ މައްޗަންގޮޅި ސަރަހައްދުން ބިމެއް ބިމެއް ބައްލަވައިގެންފި އެވެ. މި ބިމަކީ 1،066 އަކަފޫޓުގެ ބޮޑުމިނުގެ ބިމެއް ކަމަށްވާއިރު، މި ބިން ގަނެފައިވަނީ 8 މިލިއަން ރުފިޔާއަށެވެ.
މި މުޢާމަލާތުގައި މަލީހްގެ އިތުރުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ތިން ދަރިން ހިމެނެއެވެ. އާއިލީ ގޮތުން ގުޅުން އޮންނަ މި ދެ ބޭފުޅުންގެ މެދުގައި ހިނގާފައިވާ މި މުޢާމަލާތާ ގުޅޭ މައްސަލަ ބެއްލެވުމަށްފަހު، ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމް ކުރައްވާފައެވެ. ބިމުގެ އަގު ވެރިފަރާތަށް ދައްކާ ނިމިފައިވާތީ، މިހާރު އެ ބިން ވަނީ މަލީހާއި ޖަމީލްގެ ތިން ދަރިންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައެވެ.
މަލީހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ރައީސް ޔާމީން އުފައްދަވާފައިވާ ޕީއެންއެފް ޕާޓީގެ އިސް މަޤާމެއްގައެވެ.
ކޮމެންޓު ފޮނުވާ