ރޯދަމަހަށް އަމާޒުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރު ޚާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފި

ރޯދަމަހަށް އަމާޒުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރު ޚާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފި

Author
ހުސައިން
17 ފެބްރުއަރީ 2025 12:26
0

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓުން ރޯދަމަހަށް އަމާޒުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރު ޚާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފިއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ބާޒާރުމަތީ ފިހާރަތަކާއި ބޯޓުފަހަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ޚާއްސަ ހަރަކާތެއް ހިމެނެއެވެ.

ރަމަޟާން މަހަކީ މާލޭގެ މަގުތައް އާދަޔާ ޚިލާފަށް ހަލަބޮލިވެ، ބާޒާރުކުރުމަށް ގިނަ ބަޔަކު ނިކުންނަ މަހަކަށް ވުމާއެކު، ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށް ކޮންމެ އަހަރަކުވެސް ފުލުހުން ވަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންގޮސްފައެވެ. މިގޮތުން މުދާ އުފުލުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ދުއްވާ އުޅަނދުތަކަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގު ބޭނުންކުރެވޭނެ ގޮތްތަކެއް ފަހިކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތްތަކުގެ އިތުރުން، މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ. ރޯދަމަހު މާލޭގައި ޓްރެފިކް އެންމެ ބާރުބޮޑުވާ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.