މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލުމަށްފަހު، އެ މިނިސްޓްރީގެ ވަޒީރުކަމަށް ތޯރިގް އިބްރާހީމް އައްޔަންކުރެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މި ބަދަލު ގެނައީ ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް އެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. މަޖިލީހުގެ ވޯޓުގައި 69 މެންބަރުން ވަނީ ރުހުން ދިނުމަށް ވޯޓު ދެއްވާފައެވެ.
މި ބަދަލާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވެފައިވަނީ މިހާރު ދުނިޔޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަން ވަރަށް މަގުބޫލުކަމަށާއި، މީގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ ދައުރު ވަރަށް މުހިންމުކަމަށެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް ވަސީލަތަކީ ގުދުރަތީ ރީތިކަންކަމަށް ފާހަގަކުރައްވައި، ތިމާވެށްޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލެވުމުން އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.