މާމިގިލީގައި ގާސިމް މިސްކިތެއް ބިނާ ކުރައްވައިފި

މާމިގިލީގައި ގާސިމް މިސްކިތެއް ބިނާ ކުރައްވައިފި

ގުޅުންހުރި

ޤާސިމް އިބްރާހީމްގެ އަމިއްލަ ހަރަދުގައި އެމަނިކުފާނުގެ އުފަން ރަށް، ގއ މާމިގިލީގައި އަލަށް ބިނާކުރެއްވި މަސްޖިދުއް ޒިކުރާ ހުކުރު ދުވަހުގެ މަޣުރިބު ނަމާދަށް ހުޅުވައިފިއެވެ. މި މިސްކިތަކީ ރަށު ކައުންސިލާއި ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިލާ ގްރޫޕްގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހީމް ބިނާކޮށްދެއްވި މިސްކިތެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު ބިންގާ އެޅުމަށްފަހު، އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދެވުނު މި މިސްކިތުގެ މަސައްކަތް ވަނީ 57 ދުވަހުގެ ތެރޭގައި ނިންމާލެވިފައެވެ.

ޤާސިމް އިބްރާހީމްގެ އެހީތެރިކަމުގައި މާމިގިލީގައި އިތުރު ދެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ