މަސްވެރިންނަށް 7.6 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފި

މަސްވެރިންނަށް 7.6 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފި

ގުޅުންހުރި

މިފްކޯއިން މިއަދު މަސްވެރިންނަށް 7.6 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފިއެވެ. މިފްކޯގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި މިމަހުގެ 12 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށްވާ ފައިސާ މިއަދު ހެނދުނު 10:30 އާއި 12:30 އާ ދެމެދު ޖަމާކުރެވިފައިވެއެވެ. އަދި އެހެން ބޭންކްތަކަށް ކުރަންޖެހޭ ޓްރާންސްފަރތައް ޖެހިގެން އަންނަ ބޭންކިންގ ހިދުމަތް ހުޅުވޭ ދުވަހު ހަވީރު 4:30 ގެ ކުރިން ނިންމާލެވޭނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މިފްކޯގެ ފަރާތުން އިތުރަށް ހާމަކުރެއްވި ގޮތުގައި މިމަހުގެ 12 ވަނަ ދުވަހު 48 މަސްދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 7,648,825.83 ރުފިޔާ ދައްކާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. މިފްކޯއަށް ކިރުވާ މަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވެއެވެ.

މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެތެރޭގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ. އަދި މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ވިއްކުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުންދާއިރު، އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން އުނިކުރަމުން ގެންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ