މާލޭގެ މައި ވިޔަފާރި ސަރަހައްދުގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ މައި ވިޔަފާރި ސަރަހައްދުގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ މައި ވިޔަފާރި ސަރަހައްދުގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިފަހަރު އަލިފާން ރޯވެފައިވަނީ މާފަންނު ހެޕީ މާކެޓު ކައިރީގައި ހުންނަ މ. ނިއު ޕްލާޒާ އިމާރާތުގައެވެ. މިރޭ 7:11 ގައި އަލިފާނުގެ ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ ސިފައިން ވަނީ އެ ސަރަހައްދަށް ފޮނުވައި، އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ.

ހަނދުވަރީ ހިނގުމާއި ބުރުޒު މަގާ ގުޅޭ ހިސާބުގައި ހުންނަ ނިއު ޕްލާޒާއަކީ ވަރަށް ޒަމާންވެފައިވާ އިމާރާތެކެވެ. މި ވަގުތު އެ އިމާރާތުގައި މީހުން ދިރިއުޅޭކަން ނުވަތަ ނޫންކަން އަދި ވަނީ ކަށަވަރު ނުކުރެވިއެވެ.

މި ހާދިސާ ހިނގިތާ އެއް ދުވަސް ކުރިން، ހަމަ އެ ސަރަހައްދުގައި ހުންނަ މ. ހައުސް ޕްލާޒާގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. ނަމަވެސް އިއްޔެ ހެނދުނު ހިނގި އެ ހާދިސާގައި ސިފައިންނަށް ވަނީ އަވަހަށް އަލިފާން ނިއްވާލާފައެވެ.

މި ދެ ހާދިސާއަކީ ޖެހިޖެހިގެން އައި ދެ ދުވަހު އެއް ސަރަހައްދެއްގައި ހުރި ދެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ ކަމުން، މިކަމާ ގުޅޭގޮތުން ސުވާލުތަކެއް އުފެދިފައިވެއެވެ. މީގެ އިތުރުން، މިދިޔަ ޑިސެމްބަރުގައި މި ސަރަހައްދުގައި ހުރި ސަރުކާރުގެ ތިން މުހިންމު އޮފީހެއްކަމަށްވާ ހައުސިން، ޕްލޭނިން އަދި އެންވަޔަރަމަންޓް މިނިސްޓްރީގައިވެސް އަލިފާނުގެ ހާދިސާ ހިނގާފައިވެއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރި ނަމަވެސް، މިހާތަނަށް އެ ތަހުގީގާއި ގުޅޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *