ޕޮލިސް ބޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

ޕޮލިސް ބޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
10 ފެބްރުއަރީ 2025 03:58
0

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ފުލުހުންގެ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ޕޮލިސް ބޯޑުގެ މެންބަރުކަމަށް އާންމު ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި ގޮތުން ހުޅުވާލައިފައިވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންގެ މަޤާމަށެވެ.

ފުލުހުންގެ ބޯޑަކީ ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުންގެ ތެރެއިން ދެ މެންބަރުން ހިމެނެއެވެ. ފުލުހުންގެ ޤާނޫނުގައިވާ ގޮތުން މި ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކަށް ވެގެން ނުވާނެއެވެ. އަދި މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.

މަޖިލީހުގެ އިދާރާއިން އަންގާފައިވާ ގޮތުގައި، ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ހުށަހެޅޭ ނަންތައް ދިރާސާކުރާނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.