ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރި ކުރުމުގެ މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައިފިއެވެ. މައްސަލައިގައި ހާޒިރުވުމަށް އަންގާފައިވަނީ މާލޭ ހ. ފެންތިލަގޭ ހަސަން ޝާން (44އ) އާއި ސ. ހިތަދޫ ކަށިފަށުވިގޭ އަހްމަދު ޒަޔާން (25އ) އަށެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ދެ މީހުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވުމާ ގުޅިގެން، އާންމުކޮށް އިޢުލާން ކުރަން ޖެހުނީއެވެ. މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ޓަކައި، މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ސާޖަންޓް އާދަމް ހަލީމް އަށް ހާޒިރުވުމަށް މި ދެ މީހުންނަށް އަންގާފައިވެއެވެ.