ކޯރާޑީ ހަމަލާގެ މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ޝަރީޢަތް ނިމެންދެން ބަންދު ކޮށްފި

ކޯރާޑީ ހަމަލާގެ މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ޝަރީޢަތް ނިމެންދެން ބަންދު ކޮށްފި

Author
ހުސައިން
10 ފެބްރުއަރީ 2025 01:00
0

ހުޅުމާލޭގައި ހިނގި ކޯރާޑީގެ ހަމަލާއެއްގެ މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން، އެކަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ ގދ. ފިޔޯރީ، ހީނާމާގެ ރުސްތުމް އިބްރާހީމް (25އ) އާއި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފްﷲ ފައިސަލް (19އ) އެވެ. ކޯޓުން ނިންމި ގޮތުގައި ރުސްތުމްގެ ބަންދުގެ މުއްދަތު ތިން ދުވަހަށް އިތުރުކުރެވުނު އިރު، ސައިފްﷲ ގެ މައްޗަށް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވުނެވެ.

މި މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަރާތުގައި ހުރި މީހަކަށް ކޯރާޑިއަކުން ހަމަލާދިން ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރެވުނީ އެމީހުން ފިލައިގެން ހައިވޭއިން މާލެއަށް އަންނަނިކޮށެވެ. އަދި އެމީހުން ހައްޔަރުކުރެވުނު ސަރަހައްދުން މާރާމާރީ ހިންގުމަށް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ހަތިޔާރަކާއި ވަޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.