ޑެއްލާ ބަނދަރު އަލުން ހެދުމުގެ މަޝްރޫޢު ބީލަމަށް ހުޅުވާލައިފި

ޑެއްލާ ބަނދަރު އަލުން ހެދުމުގެ މަޝްރޫޢު ބީލަމަށް ހުޅުވާލައިފި

ގދ. ނަޑެއްލާ ބަނދަރު އަލުން ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބީލަމަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާއިރު، ރަޖިސްޓްރީ ވުމަށް 1،500 ރުފިޔާ ދައްކަންޖެހެއެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 455،000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫޢުގެ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *