ހުޅުމާލޭގައި އިއްޔެ ހިނގި ދެ އެކްސިޑެންޓަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވޭން ދުއްވި ފަރާތް، ކުޑަކަމުދާ ތަކެތީގެ ތަހުލީލު ނަތީޖާ ނެގެޓިވް ވުމާ ގުޅިގެން ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރުގެ މައުލޫމާތު ދެއްވާފައިވާ ގޮތުގައި އިއްޔެ ހެނދުނު 10:13 ހާއިރު މަސްތުވެފައި ހުރި މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، އެ ވޭން އޮތީ ހުޅުމާލޭ ފިތުރޯނު މަގު އަރިމައްޗަށް އަރައިފައެވެ.
އަދި އިތުރަށް ބެލިބެލުމުން، އެ ވޭން ހުޅުމާލޭ ދެވަނަ ފިޔަވަހިން އަންނަނިކޮށް، ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ގުޅުވައިދޭ ބްރިޖުގެ ޑިވައިޑަރުގައި ޖެހި އެކްސިޑެންޓުވެފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ. މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް މިހާރު ދަނީ ރިވިއުކުރަމުންނެވެ. އަދި ފުލުހުންގެ އުސޫލުތަކާ ޚިލާފު ކަމެއް ނުވަތަ އިހުމާލެއް ވެފައިވާނަމަ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުންގެ ޚިދުމަތުން ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ