މ. ހައުސް ޕްލާޒާގައި އަލިފާން ރޯވީ އެ ގޭގައި ގިނަ ދުވަސްވަންދެން އެއްވެފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން

މ. ހައުސް ޕްލާޒާގައި އަލިފާން ރޯވީ އެ ގޭގައި ގިނަ ދުވަސްވަންދެން އެއްވެފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން

Author
ހުސައިން
09 ފެބްރުއަރީ 2025 01:38
0

މިއަދު ހެނދުނު މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއިން މައުލޫމާތު ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނާ ގޮތުގައި މި ހާދިސާ ދިމާވެފައިވަނީ އެ ގޭގައި ގިނަ ދުވަސްވަންދެން އެއްވެފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ.

ފަޅުގެއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް މި ގޭގައި ރޯވި އަލިފާނުގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ މިއަދު ހެނދުނު 6:35 ގައެވެ. އަދި މައުލޫމާތު ލިބުމާއެކު ސިފައިންގެ ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. މި އަލިފާން މުޅިން ނިއްވާލެވުނީ ހެނދުނު 7:47 ގައެވެ. އެމްއެންޑީއެފްއިން ފާހަގަކުރި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.