މާލޭގެ ފިހާރައަކުން ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މީހަކު ވައްކަމުގެ މައްސަލައެއްގައި އަލުން ހައްޔަރު ކޮށްފި

މާލޭގެ ފިހާރައަކުން ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މީހަކު ވައްކަމުގެ މައްސަލައެއްގައި އަލުން ހައްޔަރު ކޮށްފި

Author
ހުސައިން
09 ފެބްރުއަރީ 2025 01:36
0

މާލޭގެ ފިހާރައަކުން ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ކުރިން ހައްޔަރުކޮށްފައިވާ މީހަކު އަލުން ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ އަތަމާގޭ، އިހްސާން އިބްރާހީމް (26 އަހަރު) އެވެ.

އިހްސާން ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދު މުއްދަތުގެ ގޮތުގައި 15 ދުވަސް ކަނޑައަޅާފައިވެއެވެ. މި ފަހަރު އިހްސާން ހައްޔަރުކުރި ވައްކަމުގެ މައްސަލައިގެ ތަފްސީލު އަދި ހާމަވެފައެއް ނުވެއެވެ. އެހެންނަމަވެސް ކޯޓު އަމުރުން އެނގޭ ގޮތުގައި މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ފުލުހުން ވަނީ ހުށަހަޅާފައެވެ.

މީގެ ކުރިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި އިހްސާން ވަނީ އިތުރު ދެ މީހަކާއެކު ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި އޭނާ ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.