ކަންކަން ރަގަޅުކުރުމަށް މިސަރުކާރުން މަސައްކަތް ކުރޭ، މިހާރުގެ އިގްތިސާދީ ހާލަތުގެ ޒިންމާ ނަގަންޖެހޭނީ ކުރީ ސަރުކާރުތަކުން: ގާސިމް

ކަންކަން ރަގަޅުކުރުމަށް މިސަރުކާރުން މަސައްކަތް ކުރޭ، މިހާރުގެ އިގްތިސާދީ ހާލަތުގެ ޒިންމާ ނަގަންޖެހޭނީ ކުރީ ސަރުކާރުތަކުން: ގާސިމް

ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށް ގައުމު ވެއްޓިފައިވަނީ ކުރީގެ ސަރުކާރުތަކުގެ އަމަލުތަކުގެ ސަބަބުން ކަމަށާއި، ކަންކަން ރަގަޅުމަގުން ގެންދިއުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަރުކާރުން ގައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފާހަގަކުރެއްވި އެވެ. އަދި 2008 އާއި 2013 އަދި 2018 ވަނަ އަހަރު އައި ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައިވާ ދަރަނި އާއި ވިއްކާފައިވާ ބޮންޑުގެ ސަބަބުން ގައުމު 126 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެ ނޫން ވެސް މިނިސްޓަރުންނާ ބޭބޭފުޅުން ވެސް ވަކި ކުރައްވައިފި ކަންތައްތައް ރަނގަޅު މަގަށް ގެންދިއުމަށް ކުރައްވާ ކަންތައްތަކުގެ ތެރެއިން.

ގާސިމް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ވެސް ކަމުގައިވާ ގާސިމް އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އާސަންދަ އާއި އެންސްޕާގެ ބިލުތަކަށް އެކަނި ވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށެވެ. ސަރުކާރުތަކުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަ އަކީ އަބަދުވެސް އިވޭ ވާހަކައެއް ނަމަވެސް، މި ސަރުކާރުން އެފަދަ ކަންކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައިގެން ބޭއްވުމަކީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ ކޮންމެ ބޭފުޅަކު ވެސް ރައީސްކަމަށް ވަޑައިގަތުމަށްފަހު، ކުޑަ ދުވަސްކޮޅެއް ފަހުން މަގާމުގެ ނުފޫޒާއި ނަހަމަ ބާރުތައް ބޭނުންކޮށްގެން މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ދާއިރާތަކަށް ގިނަ ވައުދުތައް ވަމުންދާ މައްސަލަ ހައްލުވެގެންދާނެތީ ކަމަށް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *