ފޯޅަވައްސަކީ ޖޯގްރަފީގެ ގޮތުން ރާއްޖެއާއި އެއްގޮތްކަންހުރި, 53 ރަށުގެމައްޗަށް އެކުލެވޭ އޮތޮޅެއް

ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއިން މިހާރު އިންތިޒާރު ކުރަމުންދަނީ ޓްރަމްޕްގެ ބަހަކަށް!

ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއިން މިހާރު އިންތިޒާރު ކުރަމުންދަނީ ޓްރަމްޕްގެ ބަހަކަށް!

ގުޅުންހުރި

ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ވިލާތާ އެކު އާ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، މިހާރު އިންތިޒާރުކުރަމުން އަންނަނީ އެ އެއްބަސްވުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހިޔާލަށް ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލަމް ވިދާޅުވެއްޖެއެވެ.

1960ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުން މޮރިޝަސްއަށް މިނިވަންކަން ދިން ނަމަވެސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި އޮތް ޗާގޯސްގެ ރަށްތައް އިނގިރޭސި ވިލާތުން ދޫކޮށްލާފައެއް ނުވެއެވެ. އެހެން ނަމަވެސް މި މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓާއި އދ. އިން މޮރިޝަސްއާ އެއްކޮޅަށް ނިންމުންތައް ނިންމަމުން ދިއުމާ ގުޅިގެން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިނގިރޭސި ވިލާތުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އެއްބަސްވެފައެވެ.

ރާމްގޫލަމް ބޮޑުވަޒީރުކަމާ ހަވާލުވުމަށްފަހު، މާލީ ބަދަލުގެ އަދަދު އިތުރުކުރުމަށާއި އަސްކަރީ މަރުކަޒު ކުއްޔަށް ދޫކުރާނެ މުއްދަތާ މެދު އަލުން މަޝްވަރާކުރަން ބޭނުންވުމާ ގުޅިގެން، އެ އެއްބަސްވުމާ މެދު އަލުން މަޝްވަރާކޮށް އާ އެއްބަސްވުމަކަށް އާދެވުނެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތް ގުޅިގެން ހިންގަމުންދާ އަސްކަރީ މަރުކަޒު ހަމަ އެގޮތަށް ބޭއްވުމަށް ވެސް އޮތީ އެއްބަސްވެފައެވެ.

އިދިކޮޅު މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ވިލާތާ އެކު މިހާރު އޮތީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުގައެވެ. އަދި ޑިއޭގޯ ގާސިއާ ހިމެނޭ ގޮތަށް މުޅި އަތޮޅުގެ މައްޗަށް މޮރިޝަސްގެ އިސްތިގުލާލާ މެދު އުފެދިފައިވާ މުހިންމު ސުވާލަށް އާ އެއްބަސްވުމުގައި ރިއާޔަތްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި ޖެނުއަރީމަހު 20 ވަނަ ދުވަހު ޓްރަމްޕް މަގާމާ ހަވާލުވުމުގެ ކުރިން މި އެއްބަސްވުން ފައިނަލްކޮށް ސޮއިކުރުމަށް މަސައްކަތްކުރި އިރު، އިއްޔެ މޮރިޝަސްގެ ކެބިނެޓުން ވަނީ މި އެއްބަސްވުމަށް ރުހުން ދީފައެވެ. ނަމަވެސް ފަހުން އިނގިރޭސި ވިލާތުން ވަނީ މިކަމުގައި ޓްރަމްޕުގެ ބަހެއް ހޯދަންޖެހޭނެ ކަމަށް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ