އަންނަ ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ޕާސްޕޯޓް ދޫކުރަން ފަށަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ޕާސްޕޯޓް ދޫކުރަން ފަށަނީ

އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ވަނީ އައްޑޫ ސިޓީގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޕާސްޕޯޓް ދޫކުރަން ފަށާނެކަން އިއުލާންކުރައްވާފައެވެ. މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.

މީގެ ކުރިން އައްޑޫ ސިޓީގައި ޕާސްޕޯޓް ދޫކުރަމުން ގެންދިޔައީ ހަމައެކަނި ރަސްމީ މަސައްކަތު ދުވަސްތަކުގައި ކަމަށްވީ ނަމަވެސް، ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ހޮނިހިރު ދުވަހުވެސް މި ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އައްޑޫގައި އަލަށް އަޅަމުންދާ އިމިގްރޭޝަން އޮފީހުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އާ އޮފީސް އިމާރާތުގެ މަސައްކަތް ނިންމައި، އެތަނުން ހިދުމަތް ދޭން ފެށޭނެކަމަށް ލަފާކުރެވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އިސްކަންދީފައެވެ. މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ފާހަގަކުރައްވާފައިވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *