މިއަދު މާލޭގެ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކަށް ވަނީއަނިޔާވެެއްޖެއެވެ. މެންދުރު 12:10 އާއި ދިމާއަށް ހިނގި މި ހާދިސާގައި އަނިޔާވި ފަރާތަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މާރާމާރީގެ ވީޑިއޯ މިހާރު ދަނީ އިޖްތިމާޢީ މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފެންނަނީ މާރާމާރީގައި އަނިޔާވި ފަރާތުގެ ހަށިގަނޑާއި، އޭނާ ލައިގެން ހުރި ޓީޝާޓު އަދި ތަޅުން މައްޗަށް ވެސް ލޭ އަރާފައިވާ މަންޒަރެވެ. މި މާރާމާރީ ހިންގީ ކޮން ގައުމެއްގެ ބިދޭސީންތަކެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.