ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު އިއުލާންކޮށްފި

ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު އިއުލާންކޮށްފި

Author
ހުސައިން
03 ފެބްރުއަރީ 2025 03:34
0

ފުލުހުންގެ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު އިއުލާންކޮށްފިއެވެ. އެގޮތުން ހޯދަން އުޅެނީ މއ. ކޯރަށް، މާލޭގައި ދިރިއުޅޭ ޙަސަން ނަޢީމް (54އ) އެވެ.

އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި މި އިއުލާންކުރީ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައިގައި އޭނާއާ ސުވާލުކުރަން ބޭނުންވާ ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.

އެގޮތުން، ޙަސަން ނަޢީމް ވަނީ ފެބްރުވަރީ 9 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ނުވަތަ އެއަށްވުރެ ވީހާވެސް އަވަހަކަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ހުންނަވާ ސާޖަންޓް އާދަމް ހަލީމްއަށް ހާޒިރުވުމަށް އަންގަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.