ވިޔަފާރި ކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްޙަ ނޫން ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

ވިޔަފާރި ކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްޙަ ނޫން ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

Author
ހުސައިން
03 ފެބްރުއަރީ 2025 03:21
0

ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފިއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތުހުމަތުކުރެވޭ ފަރާތް ފެންނަ ސީސީޓީވީ ފުޓޭޖް އާންމުކޮށްފައެވެ. ނަމަވެސް މިހާތަނަށް ކުރެވުނު ތަޙްޤީޤުތަކުން އެ ފަރާތަކީ ކާކުކަން އަދި ވަނީ ދެނެގަނެވިފައި ނުވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އެނގިވަޑައިގަންނަވާ ފަރާތެއް ވާނަމަ، ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9833000 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އާންމުންނަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.