"ޕޮންގަލް 2025″ ގެ ނަމުގައި ރާއްޖޭގައި ބާއްވަން އުޅުނު ހިންދޫ ދީނުގެ ފެސްޓިވަލް ފުލުހުން ވަނީ ހުއްޓުވައިފިއެވެ.
މި ފެސްޓިވަލަކީ ދެކުނު އިންޑިއާގެ ތަމިލް އަހުލުވެރިން ފާހަގަކުރާ ހިންދޫ ދީނުގެ ހަރަކާތެއް ކަމަށްވާއިރު، ފުލުހުން ވަނީ އެކަން އިންތިޒާމުކުރި ފަރާތްތަކަށް މި ފެސްޓިވަލް ނުބޭއްވުމަށް އަންގާފައެވެ.
މީގެ އިތުރުން، ފުލުހުން ވަނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތައް ހުއްޓުވާނެކަން އިއުލާނުކޮށްފައެވެ. ދާދި ފަހުން އައިސް ހިންދޫ ދީނުގެ ފާދިރީއެއްވެސް ރާއްޖެއިން ވަނީ ޑީޕޯޓުކޮށްފައިވުމެވެ.