ހައިވޭގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓްވި ބަންގްލަދޭޝް މީހަކު މަރުވެއްޖެ

ހައިވޭގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓްވި ބަންގްލަދޭޝް މީހަކު މަރުވެއްޖެ

Author
ހުސައިން
01 ފެބްރުއަރީ 2025 12:17
0

މިއަދު ހެނދުނު 8:15 ހާއިރު ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭ މަގުމަތީގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓްވި ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކު މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އަނިޔާވި މީހާ ވަނީ އައިޖީއެމްއެޗަށް ގެންދެވުނު ނަމަވެސް، ހެނދުނު 9:05 ހާއިރު ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

މި ސަރަހައްދުގައި ކޯނު ބަހައްޓާފައި ވަނީ އެ މަގުގެ އެއްކައިރީގައި ޖަހާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައެވެ. އަދި މަގުމަތިން ދަތުރުކުރާ މީހުން މަސައްކަތް ކުރާ ސަރަހައްދާ ގާތްވިޔަ ނުދިނުމަށާއި، މަސައްކަތްކުރާ މީހުން އެ ސަރަހައްދަށް ނިކުތުމަށް މަގުގެ އެއްކައިރި ހުސްކޮށް ބޭއްވުމަށްޓަކައެވެ. އަދި ބައެއް ހާލަތްތަކުގައި ކޯނު ޖަހާފައި ހުންނަކަން އަންގައިދިނުމަށް މީހަކުވެސް އެތަނުގައި ބަހައްޓާފައި ހުންނަކަން ފާހަގަކުރެވެއެވެ.

ފުލުހުން ބުނާ ގޮތުގައި، މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.