ޕާޓީ ބަދަލު ނުކުރެވޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފި

ޕާޓީ ބަދަލު ނުކުރެވޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފި

އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރޭގައި ފާސްކުރެވުނު، މެންބަރަކު ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭގޮތަށް ގެނެވުނު ޤާނޫނުއަސާސީގެ އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިންއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ 17 ފެބްރުއަރީ 2025 އަށެވެ.

އަލީ ހުސައިން ހުށަހެޅި މައްސަލައިގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްވެސް ވަނީ ތަދައްޚުލުވެފައެވެ.

މި މައްސަލަ ހުށަހެޅިފައިވަނީ ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅޭގޮތުން ރައްޔިތުންނާއި މެންބަރުންނާއި ޤާނޫނީ މާހިރުން ވަރަށް ބޮޑު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ދުވަހު ތަސްދީޤުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

މައްސަލަ ހުށަހެޅުމަށްފަހު އަލީ ހުސައިން ވިދާޅުވި ގޮތުގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގެނެވުނު އިސްލާހަކީ ޤާނޫނުއަސާސީގެ 4، 8، 26، 75، އަދި 90 ވަނަ މާއްދާއާ ޚިލާފަށް ގެނެވުނު އިސްލާހެކެވެ. އަދި މި ބަދަލު ގެނެވިފައިވަނީ ޤާނޫނުއަސާސީގެ އޮނިގަނޑާ ސީދާ ޚިލާފަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންބަރަކު ޕާޓީން ވަކިވުމުން ނުވަތަ ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ހުށަހެޅި އިސްލާހު ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 20 ނޮވެމްބަރު 2024 ގައެވެ.

މި އިސްލާހު ފާސްކުރެވުނީ އާންމު އުސޫލާ ޚިލާފަށް، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިގެން، ބަހުސްކުރުމުގެ ފުރުސަތު ވެސް ނުދީ، އެ ދުވަހުއެވެ. އިސްލާހު ފާސްކުރެވުނު ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ އިސްލާހު ތަސްދީޤުކުރެއްވުމާއެކު އެ އިސްލާހަށް ޢަމަލުކުރަން ފެށުނެވެ.

ބިލު މަޖިލީހުން ފާސްވީ 20 ނޮވެމްބަރު 2024 ގެ ހަވީރު، ސަރުކާރުގެ 78 މެންބަރުންގެ ވޯޓުންނެވެ. 13 މެންބަރުން ވޯޓުދެއްވީ ބިލާ ދެކޮޅަށެވެ.

ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެންބަރުކަން ގެއްލޭގޮތަށް މިހާރު ގެނެވުނު އިސްލާހަކީ 2007 ވަނަ އަހަރު ޢަމަލުކުރަން ފެށުނު "ފެހި ޤާނޫނުއަސާސީ" އަށް ގެނެވުނު 7 ވަނަ އިސްލާހެވެ.

ޤާނޫނުއަސާސީގެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހަށް ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން އިންތިޚާބުކުރެވޭ މެންބަރަކު، އެ މެންބަރަކު ތަމްސީލުކުރާ ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ވަކިކޮށްފިނަމަ، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ދައުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވީއެވެ. އަދި މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުކުރެވޭ މެންބަރަކު މެންބަރުކަމުގެ ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ވަދެއްޖެނަމަވެސް މެންބަރުކަން ގެއްލޭނެއެވެ.

މައްސަލައިގައި ތަދައްޚުލުވާން ނިންމި ކަން އިޢުލާންކުރަމުން ދަ ޑިމޮކްރެޓްސްއިން ކުރިން ބުނެފައިވަނީ އެންޓި-ޑިފެކްޝަން ނުވަތަ މެންބަރަކު ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް އޮތުމަށް އުސޫލެއްގެ ގޮތުން ތާއީދުކުރި ނަމަވެސް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ގާތްގަނޑަކަށް 4 ގަޑިއިރުގެ ތެރޭގައި އަވަސްއަވަހަށް ފާސްކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 6 ވަނަ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި މަޤްޞަދު ކަނޑުވާލާ އިސްލާހެއް ކަމަށެވެ.

އަދި މިއީ ޤާނޫނުއަސާސީގެ އެތައް މަފްހޫމްތަކަކާ ޚިލާފު އަދި ޚާއްޞަކޮށް ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ރައްކާތެރިކުރާ ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންއާ ޚިލާފު އިސްލާހެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަލީ ހުސައިން ހުށަހަޅުއްވާފައިވާ ޤާނޫނު ބާޠިލުކުރުމަށް އެދި ހުށަހަޅާފައިވާ ޤާނޫނުއަސާސީގެ މައްސަލައިގައި ތަދައްޚުލުވާން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މި ތިން ކަމުގެ އިތުރުން، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް މެންބަރުން އިންތިޚާބުވެފައިވާއިރު މެންބ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *