އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 2,180 މީހުން މެޑިކަލް ޗެކަޕް ހަދައިފި

އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 2,180 މީހުން މެޑިކަލް ޗެކަޕް ހަދައިފި

Author
ހުސައިން
22 ޖެނުއަރީ 2025 09:09
0

ހެލްތް މިނިސްޓްރީން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 2,180 މީހުން ވަނީ މެޑިކަލް ޗެކަޕް ހަދާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި ހިމެނޭ، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު، އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމު ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ސްކޫލް ދަރިވަރުންނަށް ޚާއްސަ ސްކޫލް ސްކްރީނިންގ ޕްރޮގްރާމެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

އަދި 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖްތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުންނަށް ބޭނުންވާ ޚާއްސަ ޓެސްޓްތައް ހެދުމުގެ އިންތިޒާމު އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ޑޮކްޓަރެއްގެ ލިޔުމާއެކު އިތުރު ޗެކަޕެއް ބޭނުންވާ ފަރާތްތަކަށް އާސަންދައިގެ ދަށުން ދެވަނަ ޗެކަޕެއް ހެދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.