ތުރުކީވިލާތުގެ ބޯލޫގެ ކާރްތާލްކަޔާ ސްކީ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް، އުރްދުޣާނަށް ތަޢުޒިޔާ ވިދާޅުވެއްޖެ

ތުރުކީވިލާތުގެ ބޯލޫގެ ކާރްތާލްކަޔާ ސްކީ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް، އުރްދުޣާނަށް ތަޢުޒިޔާ ވިދާޅުވެއްޖެ

Author
ޙަސަން މުޙައްމަދު
22 ޖެނުއަރީ 2025 11:03
0

ތުރުކީވިލާތުގެ ބޯލޫގެ ކާރްތާލްކަޔާ ސްކީ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެތައް ބަޔަކަށް ހާނިއްކަވެ، ގިނަ ބައެއްގެ ފުރާނަ ގެއްލުނު މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމުގައި ވިދާޅުވެ، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިއްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.