. ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް ސަސްޕެންޑް ކޮށްފި

. ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް ސަސްޕެންޑް ކޮށްފި

Author
ހުސައިން
16 ޖެނުއަރީ 2025 03:02
0

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ވ. ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް  ސަސްޕެންޑް ކޮށްފިއެވެ. ފަނޑިޔާރުންގެ ގާނޫނާއި ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކުރިކަން ސާބިތުވުމާ ގުޅިގެން، މުސާރައާއި އިނާޔަތްތަކެއް ނުލިބޭ ގޮތަށް 15 ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑް ކުރި ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ޝީރީންގެ މައްޗަށް ސާބިތުވި މައްސަލައިގެ ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. އަދި ފަނޑިޔާރުންނާ މެދު އަޅާ ސުލޫކީ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތުތައް މިހާރު ޖޭއެސްސީން އާންމުކުރަމުން ނުދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.