ޖަލުގައި ނުލިބޭ އެއްޗެއް ނުހުރޭ! ފުރަތަމަ ހުއްޓުވަންވީ އެކަންތައް: ނިހާދު

ޖަލުގައި ނުލިބޭ އެއްޗެއް ނުހުރޭ! ފުރަތަމަ ހުއްޓުވަންވީ އެކަންތައް: ނިހާދު

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2020 05:11
0

ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރަމުންދާ މަސްތުވާތަކެތީގެ ކަންކަން ހުއްޓުވަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ޖަލުތަކަށް ޤަވާއިދާ ޚިލާފަށް އެތެރެކުރާ ތަކެތި ވެއްދުން ހުއްޓުވިގެން ކަމުގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގައި މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކާއި ގުޅިގެން ނިހާދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އެކަން ކުރުމުގައި ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރިއިރު، ފުރަތަމަ ހައްލު ކުރަންޖެހޭނީ އެކަަންތައް ކަމަށް ނިހާދު ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައާއި އެނޫން މައްސަލަތަކުގައި ޖަލަށް ވައްދާ ކުއްވެރިންނަށް ޖަލުތަކުން ނުލިބޭ އެއްޗެއް ނެތްކަމަށެވެ.

ޖަލުތަކަށް މިތަކެތި ވެއްދެނީ ޖަލު ބަލަހައްޓާ މީހުންނާއި ނުވަތަ ފުލުހުންނާއި ގުޅިގެން ކަމަށްވާއިރު، މިކަން ނުހުއްޓުވައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަކީވެސް ފަސޭހަ ކަމަކަށް ނުވާނެކަމަށް ނިހާދު ވިދާޅުވިއެވެ.

ބާރުގަދަ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ޖެހޭ! ޤައުމުގެ ޒުވާނުން އެ ބަލިން ސަލާމަތް ކުރަންޖެހޭ! ޖަލަށް ވެއްދޭނީ އެތަން ބަލަހައްޓާ މީހުން ނުވަތަ ފުލުހުންނަށް! ޖަލުގައި ނުލިބޭ އެއްޗެއް ނުހުރޭ! އެކަމަކު ސީސީޓީވީ ހުރޭ! ސެކިއުރިޓީ ހައި! އެންމެ ފުރަތަމަ ހުއްޓުވަންޖެހޭ އެއްތަން.

– ނިހާދު ވިދާޅުވިއެވެ.

ޖަލުތަކުގައި ދޭތެރެ ދޭތެރެއިން ހިންގާ ޗެކް ކުރުމުގެ ހަރަކާތްތަކުގައި ޖަލަށް ވެއްދުން މަނާ ގިނަ ތަކަތެތި އަތުލައި ގަނެއެވެ. އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި، ފޯނާއި، ސިމާއި، ސިގިރެޓާއި، ރެކޯޑަރާއި، މިނޫންވެސް ޖަލަށް ވެއްދުން މަނާ ގިނަ ތަކެތި އަތުލައި ގަންނަކަން ކަރެކްޝަނުން ދަނީ ހާމަކުރަމުންނެވެ. ޖަލަށް ތަކެތި ވެއްދުމަށް ހުރި ދޮރުތައް ބަންދުކުރައްވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރުމުގައި އެހީތެރިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.