މިފްކޯގެ ޗެއާޕާސަން ޝަރީފް ވަކިކޮށްފި

މިފްކޯގެ ޗެއާޕާސަން ޝަރީފް ވަކިކޮށްފި

Author
އަހުމަދު
30 ޑިސެމްބަރ 2024 01:48
0

މިފްކޯގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ވެސް މިކަން ކަށަވަރުކޮށްދެއެވެ. ޕީސީބީން ބުނި ގޮތުގައި ޝަރީފް އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ވަނީ އައްޔަންކޮށްފައެވެ.

އެމްފޯމްޕީސީއަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ބާނާ މަސް، ބޭރުގެ ބާޒާރަށް ނެރުމަށް މާކެޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެެކެވެ. އެ ކުންފުނި އުފެއްދީ މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރު ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.