މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި މިހާރު ދަނީ ފައިސާ ޖަމާކުރަމުން: މިފްކޯ

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި މިހާރު ދަނީ ފައިސާ ޖަމާކުރަމުން: މިފްކޯ

މަސްވެރިން ކިރުވާ މަހަށް މިހާރު ފައިސާ ޖަމާކުރަމުން ގެންދަނީ 48 ގަޑިއިރު ހަމަނުވަނީސް ކަމުގައި މިފްކޯއިން ބުނެފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، މިފްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ވައުދު މިހާރު ވަނީ ފުރިހަމައަށް ފުއްދަމުންނެވެ. އަދި ބައެއް ހާލަތްތަކުގައި 24 ގަޑިއިރުގެ ތެރޭގައިވެސް ފައިސާ ޖަމާކޮށްދެމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 230 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފައިސާ ވަނީ އެކީ ދައްކާ ނިންމާފައެވެ. އަދި މިހާތަނަށް ދޭންޖެހޭ ހުރިހާ ފައިސާއެއްވެސް މިހާރު ވަނީ މަސްވެރިންނަށް ދީފައި ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ބޭންކް އޮފް މޯލްޑިވްސްއާއި، ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދާ ކަމަށްވެސް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ. މި އައު އުސޫލުގެ ދަށުން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދޭން ފެށީ މިއަހަރުގެ މަސްވެރިންގެ ދުވަސް ކަމުގައިވާ ޑިސެމްބަރު 10 އާ ގުޅުވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *