ސުނާމީ އެރިތާ 20 އަހަރު ފުރޭތީ ފޮޓޯ މައުރަޒެއް ބާއްވަނީ

ސުނާމީ އެރިތާ 20 އަހަރު ފުރޭތީ ފޮޓޯ މައުރަޒެއް ބާއްވަނީ

"ވިލުންތެރި 20″ ނަމުގައި ސުނާމީ އާ ގުޅޭ ފޮޓޯ މައުރަޒެއް ބާއްވަން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނިންމައިފިއެވެ.

ރާއްޖެއަށް ސުނާމީގެ ކާރިސާ ކުރިމަތިވިތާ 20 އަހަރު ފުރޭތީ ބާއްވާ މި މައުރަޒު އޮންނާނީ  މަހުގެ 26-29 އަށް ނޭޝަނަލް އާޓް ގެލެރީގައެވެ.

ރާއްޖެއަށް ސުނާމީ ކާރިސާ ދިމާވީ ޑިސެމްބަރު 26، 2004 ގައެވެ.

މި މައުރަޒުގެ މައިގަނޑު މަގުސަދަކީ ސުނާމީ ކާރިސާއަށް ފަހު ރާއްޖެ އަލުން އާރާސްތުކޮށް ކާރިސާތަކަށް ވިލުންތެރި ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި އެންމެން ގުޅިިގެން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *