ކަނޑުތައް ހިމާޔަތްކުރުމުގައި ސައިންސްގެ އަލީގައި ނިންމުންތައް ނިންމުމަކީ މުހިންމުކަމެއް: ޝިޔާމް

ކަނޑުތައް ހިމާޔަތްކުރުމުގައި ސައިންސްގެ އަލީގައި ނިންމުންތައް ނިންމުމަކީ މުހިންމުކަމެއް: ޝިޔާމް

ކަނޑުތައް ހިމާޔަތްކުރުމުގައި ސައިންސްގެ އަލީގައި ނިންމުންތައް ނިންމުމަކީ މުހިންމުކަމެއް ކަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިގޮތަށް ވިދާޅުވީ ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމްގެ ދަށުން ބޭއްވުނު ތީމެޓިކް ޑިސްކަޝަން އޮން ދަ އޯޝަން ޑިކޭޑް އޮފް ޔުނައިޓެޑް ނޭޝަންސް އިން ދަ ކޮންޓެކްސްޓް އޮފް ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝިޔާމް ވަނީ ދިވެހިންނާއި ކަނޑާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ދިވެހިންނަކީ އެންމެ ކުރީއްސުރެ ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދަމުން އައި ބަޔަކަށްވެފައި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ ކުރާނީވެސް ދިވެހިންނަށްކަން ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ބޭނުންވާ ސައިންސްގެ ކުރިއެރުންތައް" މިއީ މިއަހަރުގެ އޯޝަން ޑިކޭޑްގެ ޝިއާރެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މިއީ ދިވެހިންނާ ވަރަށް ބޮޑަށް ގުޅިފައިވާ ޝިއާރެއްކަން ފާހަގަކުރެއްވިއެވެ. އަދި އޯޝަން ޑިކޭޑަކީ ކަނޑުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ސައިންސްގެ އަލީގައި ނިންމުންތައް ނިންމުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އދ.ގެ މި ދެ އޮނިގަނޑުން މަސްވެރިން ބާރުވެރިކުރުވައި، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، ކަނޑުގެ ދިރާސާ ސިޔާސަތުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބިގެންދާކަން ވެސް ފާހަގަކުރެއްވިއެވެ.

ނިންމާލައްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި، މިކަމަށްޓަކައި ޤައުމުތަކުގެ ވަސީލަތްތަކާއި، ތަޖުރިބާއާއި، ޚިޔާލު ހިއްސާކުރުން މުހިންމުކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *