"ލެޓްސް ކޮފީ" ކެފޭއަށް ބަޔަކު ވަދެ މުދަލަށް ގެއްލުންދީ މުވައްޒަފުންނަށް އިންޒާރު ދިން މައްސަލައެއް ބަލަނީ

"ލެޓްސް ކޮފީ" ކެފޭއަށް ބަޔަކު ވަދެ މުދަލަށް ގެއްލުންދީ މުވައްޒަފުންނަށް އިންޒާރު ދިން މައްސަލައެއް ބަލަނީ

Author
ޙަސަން މުޙައްމަދު
12 ޑިސެމްބަރ 2024 10:03
0

މާލޭގެ ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ" ކެފޭއަށް ތިން މީހަކު ވަދެގަނެ، އެތަނުގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންނަށް އިންޒާރު ދިންކަން ފުލުހުންނަށް ރިޕޯޓުކުރެވި، މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މެންދުރުގެ ވަގުތެއްގައެވެ. އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، މި ތިން މީހުން ކެފޭގެ ތެރެއަށް ވަދެ، އެތަނުގެ ޑެކަރޭޝަންތަކަށް ގެއްލުންދީފައިވެއެވެ. އަދި އެވަގުތު އެތަނުގައި ތިބި، މި ހާދިސާ ވީޑިއޯކުރަމުންދިޔަ ދެ އަންހެން މުވައްޒަފަކަށް އިންޒާރުދީ، އެ ވީޑިއޯ ޑިލީޓްކުރުމަށް އަމުރުކޮށްފައިވެއެވެ.

މި ހާދިސާގައި އެމީހުން ދެއްކި ވާހަކަތަކުން ހާމަވާގޮތުގައި، އެމީހުން ބުނެފައިވަނީ "މިއީ ދިވެހިރާއްޖެ" ކަމަށާއި "މިތަނުގައި އެކަން ނުކުރެވޭނެ" ކަމަށެވެ.

މިހާރު މި މައްސަލައިގައި ފުލުހުންގެ ފަރާތުން ތަހުގީގު ކުރިއަށްދާކަން އެނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.