އީރާނުގެ ރައްދު ހަމަލާތަކުގައި އެމެރިކާގެ 140 ސިފައިން ޒަހަމްވެ 8 މީހަކު މަރުވެއްޖެ

އީރާނުގެ ރައްދު ހަމަލާތަކުގައި އެމެރިކާގެ 140 ސިފައިން ޒަހަމްވެ 8 މީހަކު މަރުވެއްޖެ

Author
ހުސައިން
11 މާރޗް 2026 09:23
0

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ 140 ސިފައިން ޒަހަމްވެއްޖެއެވެ.

އީރާނުން އަންނަނީ އަވަށްޓެރި އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިގޮތުން ދެވުނު ހަމަލާތަކުގައި މިހާތަނަށް އެމެރިކާ ސިފައިންގެ އަށް މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ހާމަކުރެއްވި ގޮތުގައި، ފާއިތުވި 10 ދުވަހުގެ ތެރޭގައި ޒަހަމްވި 140 މީހުންގެ ތެރެއިން ގިނަ މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތަކެވެ. އޭގެ ތެރެއިން 108 މީހަކު ފަރުވާއަށްފަހު މިހާރު އަނބުރާ ޑިއުޓީއަށް ނުކުމެފައިވީ ނަމަވެސް، ސިފައިންގެ އަށް މީހަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި އިޒްރޭލު ގުޅިގެން ފަށާފައިވާ މި ހަނގުރާމައިގައި އީރާނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި އެގައުމުންވެސް މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.