އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ވާހަކަދެއްކި ކަމުގެ ތުހުމަތުގައި ފުުލުުހުުން ހޯދަމުުން އައި އަހުުމަދު އާމިރު، ނުވަތަ “ބޫގާ”، ތަހުގީގަށް ހާޒިރުވެފައި ނުުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދީނަށް ފުުރައްސާރަކޮށް، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުުރޫއަރާ ފަދަ ވާހަކަ ދައްކާފައިވާ ކަމަށް ތުުހުުމަތުުކޮށް، ތަހުގީގަށް ހާޒިރުުވުމަށް އޭނާއަށް ވަނީ ކުުރިން އަންގާފައެވެ. ނަމަވެސް، ހުުރި ތަނެއް ނޭނގޭތީ ޗިޓު ހަވާލުުކުުރެވިފައެއް ނުވެއެވެ.
ފުލުހުން ވަނީ އޭނާ ސާޖަންޓް އާދަމް ހަލީމްގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް އިއްޔެ 16:00 އަށް ހާޒިރުވުުމަށް އިއުލާންކޮށްފައެވެ. ނަމަވެސް، ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުުނެފައިވަނީ، ކަނޑައެޅިފައިވާ ގަޑިއަށް އޭނާ ހާޒިރުުވެފައި ނުވާ ކަމަށެވެ.
ފުުލުުހުުން ބުުނި ގޮތުގައި، ތުުހުުމަތުުގެ ތެރޭގައި އޭނާ އިސްލާމިކް މިނިސްޓްރީ ނައްތާލުމަށް ގޮވާލުުންވެސް ހިމެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަޕާން ރައްޔިތަކާ ކައިވެނިކޮށްގެން އާމިރު ދިރިއުުޅެމުުން ދަނީ ޖަޕާނުުގައެވެ.
ކޮމެންޓު ފޮނުވާ