ހުޅުމާލޭ ޖަލުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ގައިދީންނާއި ބަންދު މީހުން ރަނގަޅުވެ ޖަލު އާންމު ހާލަތަށް ގެނެވިފައިވާ ކަމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
މީގެ މަހެއްހާ ދުވަސްކުރިން ހުޅުމާލޭ ޖަލުން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ޖަލު ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. ނަމަވެސް ހުޅުމާލޭ ޖަލުން ކޯވިޑަށް ޕޮޒިޓިވްވި ގައިދީންނާއި، ބަންދު މީހުން ބަލިން ރަނގަޅު ވުމާއި ގުޅިގެން މިއަދުން ފެށިފެން ޖަލުގައި އޮތް ކަރަންޓީންގެ މުއްދަތު ނިމުމަކަށް ގެނެސް ޖަލު އާންމު ހާލަތަށް ގެނެސްފައެވެ.
ހުޅުމާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ގައިދީނާއި ބަންދުމީހުންވަނީ ބަލިން ރަނގަޅުވެފައި. ޖަލުގައި އޮތް ކަރަންޓީނު މުއްދަތު ނިމުމަކަށް އައުމުން ޖަލުވަނީ އާންމު ހާލަތައް މިއަދުން ފެށިގެން ގެނެވިފައި.
— Ahmed Mohamed (@ahumadhumohamed) October 10, 2020
ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ޖަލުގެ ކަރަންޓީން މުއްދަތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަމަށެވެ. އަދި މިއަދު ޖަލު އާންމު ހާލަތަކަށް ގެނެވުނީ އެބޭފުޅުންގެ މަސައްކަތުންކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ