މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ، އަލުން އިންތިހާބު ކުރަން އެމްޑީޕީގެ ތާއީދު ދެނީ

މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ، އަލުން އިންތިހާބު ކުރަން އެމްޑީޕީގެ ތާއީދު ދެނީ

Author
އަހުމަދު
10 ޑިސެމްބަރ 2024 09:55
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިފި ނަމަ، ދެން އޮންނަ އިންތިހާބެއްގައި އެ މެމްބަރަކު ވާދަކޮށްފި ނަމަ، އެ މެމްބަރު ހޮވުމަށް މަސައްކަތްކޮށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން މިރޭ ފާސްކޮށްފިއެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދެވެ.

އެ ގަރާރުގައިވާ ގޮތުން ރައްޔިތުންގެ މަސްލަހަތުގައި އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އެ މެންބަރު ނިސްބަތްވާ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅުމުން ގޮނޑި ގެއްލުމުން ވެސް އެ މެންބަރަކު އަލުން އިންތިހާބު ކުރުމަށް އެހީވާންޖެހޭނެއެވެ.

"އެ މެންބަރަކު ތަމްސީލުކުރި ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި، ރައްޔިތުންގެ މަޖިލީހުން ވަކިކުރެވުނު މެންބަރު ވާދަކުރާނަމަ މި ޕާޓީއިން އެ މެންބަރަކަށް ތާއީދުކުރުމަށާއި، އެ މެންބަރަކު އަލުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އެ މެންބަރަކާއެކު މަސައްކަތްކޮށްދިނުމަށް އެއްބަސްވަން،" ގަރާރުގައިވެއެވެ.

ގަރާރުގައި ބުނި ގޮތުގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރުމަށް އޮތް މިނިވަން އިހުތިޔާރު ވެސް ނިގުޅައިގަންނަ، އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފު ބަދަލެކެވެ.

ގާނޫނުއަސާސީއަށް މި ގެނައި ބަދަލު އިހު އޮތް ގޮތަށް ރުޖޫއަކުރުމާ ހަމައަށް، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖު ކުރުމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.