މިފްކޯއަށް ކިރި މަހަށްވާ ޖުމުލަ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ، 48 ގަޑިއިރު ތެރޭ މަސްވެރިންގެ އެކައުންޓުތަކަށް ޖަމާކޮށްފި

މިފްކޯއަށް ކިރި މަހަށްވާ ޖުމުލަ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ، 48 ގަޑިއިރު ތެރޭ މަސްވެރިންގެ އެކައުންޓުތަކަށް ޖަމާކޮށްފި

މިދިޔަ އާދީއްތަ ދުވަހު މަސްވެރިން މިފްކޯއަށް ކިރި މަހަށްވާ ފައިސާ، ޖުމުލަ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ، 48 ގަޑިއިރު ތެރޭ މަސްވެރިންގެ އެކައުންޓުތަކަށް ޖަމާކޮށްފިއެވެ.

މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިއީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރެވުނު ކަމެކެވެ. އެގޮތުން ޑިސެމްބަރު 8 ވަނަ ދުވަހު މަސްވެރިން ކިރި މަހަށްވާ 2،045،823.37 ރުފިޔާ މިއަދު މަސްވެރިންނަށް ޖަމާކުރެވިފައިވެއެވެ. މިއީ އިއްޔެ މަސްވެރިންގެ ޕޭމަންޓުގެ ބެކްލޮގް ސާފުކުރުމަށްފަހު، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކުމުގެ ވައުދާ އެއްގޮތަށް ފައިސާ ޖަމާކުރެވުނު ފުރަތަމަ ފަހަރެވެ.

ޑިސެމްބަރ 8 ވަނަ ދުވަހު މަސްވެެރިން މިފްކޯއަށް ކިރި މަހަށްވާ 2،045،823.37 ރުފިޔާ މިއަދު މިފްކޯއިން މަސްވެރިންނަށް ޖަމާކޮށްފި. މިއީ އިއްޔެ މަސްވެރިންގެ ޕޭމަންޓުގެ ބެކްލޮގު ސާފުކުރިއިރު ޑިސެމްބަރު 7 ވަނަ ދުވަހު ބޭނިމަހުގެ ޕޭމަންޓު ހިމެނޭގޮތަށް ދެއްކި ޕޭމަންޓުގެ ފަހުން ފުރަތަމަ ފަހަރަށް 48 ގަޑިއިރުތެރޭ މަސްވެެރިންގެ ފައިސާ ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޖަމާކުރެވުނު ތާރީޚީ ދުވަސް.

ޝިޔާމް ވިދާޅުވިއެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި އިއްޔެވެސް ވަނީ މަސްވެރިންނަށް ބޮޑު އަދަދެއްގެ ފައިސާ ދައްކާފައެވެ. އެއީ 16 ނޮވެމްބަރު 2024 އިން ފެށިގެން 7 ޑިސެމްބަރު 2024 ގެ ނިޔަލަށް ކިރުވި މަހަށްވާ 38،261،330 ރުފިޔާއެވެ.

ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއަރކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ޖަމާކޮށްދެއްވި ކަމަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފައެވެ. އަދި 44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި މަސްވެރި އާއިލާތަކަށާއި މަސްވެރި ސިނާއަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒު ވަނީ މަސްވެރިންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ޖުމުލަ ހައްލުތަކެއް ހޯއްދަވައިދެއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *