2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ހިނގާދިޔަ ކަންކަމުގައި ބަގާވާތުގެ ތުހުމަތުކޮށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީން އުޅުއްވައިފިނަމަ، ފުލުހުންގެ ޤާނޫނާމެދު ދެކެވަޑައިގަންނަވާނީ ކިހިނެތްތޯ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ސުވާލު އުފައްދަވައިފިއެވެ.
މި ސުވާލު ސަޢީދު އުފައްދަވާފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުއައްސަސާ މިނިވަންވެ ދާޚިލީ ހަމަޖެހުން ކަށަވަރުވެގެންދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
2012 ފެބްރުއަރީ 07 ވަނަ ދުވަހު، އޭރު އޮތް އެމްޑީޕީގެ ވެރިކަން ނިމުމަކަށްއައީ އޭރުގެ އިދިކޮޅު ފަރާތްތަކާއި، ސިފައިންނާއި ފުލުހުންގެތެރެއިން ބަޔަކު ބައިވެރިވެ ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. ނަމަވެސް އެމްޑީޕީން އަބަދުވެސް ބުނަމުން ގެންދަނީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައީ ބަގާވާތަކުން ކަމަށެވެ. އަދި އިމްރާން ޢަބްދުﷲ އަކީ އޭރު ހިންގި ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ.
Wonder what ur views to Police Act will be once ur no confidence motion by MDP on their (7th Feb)Coup allegations Min @ShimranAb? Do u really expect Police to be “independent” when a political party appoints Police Board? @USAmbSLM @HCIMaldives @UKinMaldives @PoliceMv pic.twitter.com/UOVMxUq0zw
— Mohamed Saeed (@em_saeed) December 28, 2020
މީގެ އިތުރުން މި ޤާނޫނުގެ ދަށުން އެކުލަވާލާ ޕޮލިސް ބޯޑު އެކުލަވާލަން ޖެހެނީ ސިޔާސީ ބަޔަކު ކަމަށްވާއިރު އެފަދަ ބޯޑަކުން ހިންގާ ފުލުހުންގެ ހިދުމަތެއް މިނިވަން ވެދާނެތޯވެސް ސަޢީދު ވަނީ ސުވާލުއުފައްދަވާފަ އެވެ. އަދި މިނިސްޓަރު އިމްރާން އެގޮތަށް ގަބޫލުފުޅު ކުރައްވަނީތޯ ސައީދު ވަނީ އިމްރާންގެ އަރިހުން އައްސަވާފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހެނީ 7 މެމްބަރުންގެ މައްޗަށް ހިމެނޭ ބޯޑެކެވެ. އަދި އިއްޔެ ތަސްދީޤްކުރި މި ޤާނޫނަށް 3 މަސް ފަހުން އަމަލުކުރަންފަށަންޖެހޭއިރު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަސްތެރޭގައި ބޯޑު އެކުލަވައިލަން ޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ