ސަރުކާރުން ޗައިނާގެ ސިޑްކާއާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ފެށި މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗައިނާ ސަރުކާރުން މި މަސައްކަތަށް ކަނޑައެޅި އެކްސްޕާޓް ޓީމުތަކުން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައެވެ.
In line with the key pledge made by H.E. President Dr. Mohamed Muizzu to reconstruct the roads of Malé City and Villimalé, the implementation of this project has begun.
Following a series of meetings with key stakeholders, the Expert Team appointed by the Government of China… pic.twitter.com/zfQQSErNEb
— Ministry of Construction and Infrastructure (@MoCImv) November 21, 2024
މިނިސްޓްރީގެ ޓެކްނިކަލް ޓީމާ ގުޅިގެން މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ފީސިބިލިޓީ ޓެސްޓްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދެން އޮތް މަރުހަލާއަކީ ޑިޒައިން މަރުހަލާގެ މަސައްކަތްތައް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަމަށްވެފައި، މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިން 130 މިލިއަން ޑޮލަރުންނެވެ.