ސިނަމާލެ ބްރިޖްގެ އެއަރޕޯޓް ޓްރެފިކް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް

ސިނަމާލެ ބްރިޖްގެ އެއަރޕޯޓް ޓްރެފިކް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް

Author
ހުސައިން
20 ނޮވެމްބަރ 2024 09:41
0

މިއަދު ހެނދުނު ސިނަމާލެ ބްރިޖްގެ އެއަރޕޯޓް ޓްރެފިކް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ނުރައްކާތެރި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި މިއަދު ހެނދުނު 5:25 ގައި ބްރިޖްގެ އެއަރޕޯޓް ޓްރެފިކް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގެ ރިޕޯޓެއް ލިބިފައިވެއެވެ. މި އެކްސިޑެންޓަކީ އެސަރަހައްދުގައި ހަރުކޮށްފައިވާ ފެންސަކަށް ސައިކަލެއް އަރައިގެން ހިނގި އެކްސިޑެންޓެކެވެ.

ފުލުހުން ބުނާ ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވި ސައިކަލު ދުއްވި ފަރާތް މިވަގުތު ފަރުވާ ދެމުން ގެންދަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.

ސައިކަލު ދުއްވި ފަރާތަކީ 53 އަހަރުގެ ދިވެހި ފިރިހެނެކެވެ. އައިޖީއެމްއެޗް އިން ހަވާލާދީ ފުލުހުން ބުނާ ގޮތުގައި އޭނާގެ ހާލަތު ވަނީ ސީރިއަސް ކޮށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.