ތިނަދޫގައި "ހަފްތާރެސް" ބާއްވަނީ

ތިނަދޫގައި "ހަފްތާރެސް" ބާއްވަނީ

ގުޅުންހުރި

އަންނަ ހަފްތާގައި ތިނަދޫ ސިޓީގައި "ހަފުތާރެސް" ބާއްވަން ހަމަޖެހިފައިވާތީ އޭގައި ބައިވެރިވާން ޒުވާނުންނަށް ހުޅުވާލައިފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ވިދާޅުވީ ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން އެ ސިޓީގައި އެ އިވެންޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 11-17 އަށް ކަމަށެވެ. އެހެންވެ "ހަފުތާރެސް" ގައި ބައިވެރިވާން 16-35 އަހަރާ ދެމެދުގެ މީހުންނަށް މިހާރު ވަނީ ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ނަން ނޯޓް ކުރަން ޖެހެނީ 7749240 މި ނަމްބަރު މެދުވެރިކޮށެވެ.

"ހަފުތާ ރެސް" އަކީ ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި އެ މީހުންނާ ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތާ އެކީ ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ޒުވާނުންގެ ހުނަރާއި އެކި ދާއިރާތަކުން މައުލޫމާތު ދިނުމާއި ވިޔަފާރީގެ ހަރަކާތްތައް ވެސް އެކުލެވޭ ގޮތަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 2018 ގައި ފެށި ޕްރޮގްރާމެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *