ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ޖަހައިފި

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ޖަހައިފި

ގުޅުންހުރި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރުމަށް ޖަހައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މި ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް ހާމަނައިޒްކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.

އަދި އެ ނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ވަނީ ރާވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

މުސާރަތައް އެއްހަމަ ކުރުމަށް ފެށި މަސައްކަތުގެ ދަށުން، މިހާތަނަށް ވަނީ ޓީޗަރުންނާއި ލެކްޗަރާސް އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކޮށްފައެވެ. އޭޣެ ތެރެއިން ޓީޗަރުންނާއި ލެކްޗަރުންނާއި ސިއްހީ ދާއިރާގެ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައެވެ.

ސިވިލް ސާވިސްގައި މި ވަގުތު 30،165 މުވައްޒަފުން މަސައްކަތް ކުރެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 35.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދަށްދާނެ ކަމަށް ލަފާކުރާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 9.4 ބިލިއަން ރުފިޔާގެ ޑިފެސިޓެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ކުޑަ ޑެފިސިޓް ބަޖެޓެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

އަންނަ އަހަރު 39.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީއެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނަޑައަޅާފައިވާއިރު، މިއީ މިދިޔަ އަހަރު އެ މަޝްރޫއުތަކަށް ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ބަޖެޓްގައި ބުނެފައިވަނީ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް އޭގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *