އަންނަ އަހަރަށް ލަފާކޮށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކޮށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ގުޅުންހުރި

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

މި ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 35.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދަށްދާނެ ކަމަށް ލަފާކުރާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 9.4 ބިލިއަން ރުފިޔާގެ ޑިފެސިޓެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ކުޑަ ޑެފިސިޓް ބަޖެޓެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

އަންނަ އަހަރު 39.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީއެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނަޑައަޅާފައިވާއިރު، މިއީ މިދިޔަ އަހަރު އެ މަޝްރޫއުތަކަށް ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ބަޖެޓްގައި ބުނެފައިވަނީ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް އޭގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *