އިންޑޮނޭޝިއާގެ އައު ރައީސަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

އިންޑޮނޭޝިއާގެ އައު ރައީސަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

Author
ހުސައިން
20 އޮކްޓޯބަރ 2024 08:46
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސުބިއަންތޯއަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެމަނިކުފާނުގެ ކުރިއަށް އޮތް ދައުރުގައި ތަރައްޤީގެ އައު ހަރުފަތްތަކެއް ގިރާކުރެވި ސުލްޙަ މަސަލަސްކަން ގާއިމުކޮށް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެ ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށް އިންޑޮނޭޝިއާ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ރައީސް ސުބިއަންތޯއަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން، އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.