ކުރިޕްޓޯ ކަރަންސީއަށް އެމްއެމްއޭއިން ހިތްވަރު ނުދޭނެ ކަމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކުރެއްވީ ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް އެމްއެމްއޭއިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައެވެ.
އިމާދު ވިދާޅުވިގޮތުގައި ކްރިޕްޓޯ ކަރަންސީއަކީ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް އޮންނަ އެއްޗެއް ނޫނެވެ. އަދި ދުނިޔޭގެ ގިނަ މަރުކަޒީ ބޭންކުތަކުންވެސް މިއީ ބަލައިގަންނަ ނިޒާމެއް ނޫނެވެ. އެހެނީ މިއީ އެއްވެސް އެސެޓަކަށް ނުވަތަ ސެންޓްރަލް ބޭންކަކުން އިޝޫކޮށްފައިވާ ފައިސާއަކަށް ބެކްކޮށްފައިވާ އެއްޗެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އިމާދު އިތުރަށް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުން އެސެޓް ބެކްޑް ނުވަތަ ރުފިޔާ ބެކްކޮށް ތައާރަފުކުރާ އޮންލައިން ފައިސާ ރާއްޖޭގައި ބޭނުންކުރުމާ ގުޅޭ ގޮތުން ސީއެމްޑީއޭއާ ގުޅިގެން ޖޮއިންޓު ރެގިއުލޭޓަރީ ފްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް ވާޗުއަލް އެސެޓްސް ފޯރުކޮށްދިނުމަށް ލައިސެންސިން މެކޭނިޒަމެއް އުފެދިގެން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ