އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Author
ހުސައިން
12 އޮކްޓޯބަރ 2024 06:37
0

ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ މަޖިލިސް ރައީސް ސުމުއްވުލް އަމީރު އަލްމަރުހޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން، ހ. އެއްގަމުގެއާގެ އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ (68)، ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.

"އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، އެކަމަނާ ރާއްޖޭގެ ތައުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާގެ އިތުރުން ހާރިޖީ ގުޅުންތަކުގެ ދާއިރާގައި ވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި އެކަމަނާގެ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވިއެވެ. އެނގިފައިވާ ގޮތުގައި، ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. އަދި އެކަމަނާގެ ކަށުނަމާދު އޮތީ މަޣުރިބު ނަމާދަށްފަހު އާސަހަރާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.