ކުޑަކުއްޖަކަށް ސައިކަލު ހުންގާނު ދީގެން ހައިވޭގައި ދުއްވި މީހާއާއި ފުލުހުން ސުވާލު ކޮށްފި

ކުޑަކުއްޖަކަށް ސައިކަލު ހުންގާނު ދީގެން ހައިވޭގައި ދުއްވި މީހާއާއި ފުލުހުން ސުވާލު ކޮށްފި

Author
ހުސައިން
12 އޮކްޓޯބަރ 2024 01:09
0

ހައިވޭގައި ދުއްވި ސައިކަލެއްގެ ހުންގާނު ކުޑަކުއްޖަކަށް ހިފަންދިން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ފުލުހުންގެ އިދާރާއަށް ގެންގޮސް ސުވާލުކޮށްފިއެެ.

މި މައްސަލައިގައި ފުލުހުން ދެ ކަމެއް ވަކިވަކިން ބަލަމުންދާ ކަމަށް ބުނެފައިވެއެވެ. އެއީ ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅޭގޮތަށް ސައިކަލް ދުއްވި މައްސަލައާއި ޓްރެފިކް ގަވާއިދާ ޚިލާފުވި މައްސަލައެވެ. ފުލުހުން ވަނީ މިފަދަ މައްސަލަތައް ސީރިއަސްކޮށް ނަގައި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.

ބްރިޖާއި ހައިވޭގައި ޓްރެފިކް ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވާ މީހުންގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވަމުންދާއިރު، ފުލުހުން މިފަދަ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންދާކަން ފާހަގަކުރެވެއެވެ. މި ހާދިސާއަކީ މިފަދަ މައްސަލަތަކުގެ ސީރިއަސްކަން ހާމަކޮށްދޭ ކަމަކަށްވާއިރު، ފުލުހުންގެ މި ފިޔަވަޅުތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.