ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާއިފި

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާއިފި

Author
ހުސައިން
12 އޮކްޓޯބަރ 2024 10:25
0

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން ވަނީ ބުރާސްފަތި ދުވަހު ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އީޖާދީ އަދި ފަންނުވެރި މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. ބީސީސީގެ ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިން ސްކީމްގެ ދަށުން 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދުތަކުން ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފައިސާ އަނބުރާ ދެއްކުމާ ބެހޭ އުސޫލެއް ވެސް ބީސީސީއިން ވަނީ އާންމުކޮށްފައެވެ.

މި ފަންޑުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފިލްމު އުފެއްދުމާއި، މިއުޒިކް އުފެއްދުމާއި، އާޓް އެންޑް ކްރާފްޓް އަދި ކޮންޓެންޓް ކްރިއޭޝަން ފަދަ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. ކްރިއޭޓިވް އިކޮނޮމީ ފަންޑު ސަރުކާރުން ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ސެޕްޓެމްބަރު 18 ގައެވެ. ނަމަވެސް، ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނުކުރެއްވީ މީގެ އަށް މަސް ކުރިން، ޖެނުއަރީ މަހުގެ ތެރޭގައެވެ.

މި ފަންޑަކީ އެ ވިސްނުމުގެ ދަށުން އުފައްދާފައިވާ ފަންޑެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.